ޝާން މުހައްމަދު   2 ޖުލައި 2024 - 21:22
މިއަހަރުގެ މެހި މަހު ފެމިލީ ކޯޓުން ވަރީގެ 146 މައްސަލަ ނިންމާފައިވާކަމަށް އެ ކޯޓުން ބުނެފި އެވެ.

އެ ކޯޓުން މިރޭ ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ވަރި ސާބިތުކުރުމަށް 56 މައްސަލަ މެއި މަހު ވަނީ ހުށައެޅިފައެވެ. އަދި ވަރި ކުރުމަށް 44 މައްސަލަ ހުށައެޅި އިރު ވަރިވުމަށް 86 މައްސަލަ ހުށައެޅުނު ކަމަށް ފެމިލީ ކޯޓުން ބުނެއެވެ.

ވަރި ސާބިތު ކުރުމަށް 38 މައްސަލަ އަދި ވަރިވުމަށް ހުށައެޅި 48 މައްސަލަ ނުނިމޭ ކަމަށް ފެމިލީ ކޯޓުން ވަނީ ބުނެފައެވެ. އަދި ވަރިވުމަށް ހުށައެޅި 122 މައްސަލައެއް ނުނިމި ހުރިކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

ފެމިލީ ކޯޓުން ބުނީ ހަރަދުގެ މައްސަލަތައްވެސް މެއި މަހު ހުށައެޅިފައިވާ ކަމަށާއި އެގޮތުން އަނބިމީހާއަށް ހަރަދު ނުދީގެން 1 މައްސަލަ، ސާބިތު ހަރަދު ހޯދުމަށް 5 މައްސަލަ، ދަރިންގެ ހަރަދު ކެނޑުމަށް 5 މައްސަލަ، ދަރިންގެ އެހެނިހެން ހަރަދު ހޯދުމަށް 2 މައްސަލައިގެ އިތުރުން ދަރިންގެ ހަރަދު ހޯދުމަށް 1 މައްސަލަ ހުށައެޅިފައިވާ ކަމަށެވެ.

ދިވެހިރާއްޖެއަކީ އާބާދީގެ ނިސްބަތުން ބަލާނަމަ ވަރީގެ މައްސަލަތައް އެންމެ ގިނަ ގައުމުތަކުގެ ތެރެއިން އެއް ގައުމުކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން