ނ. ވެލިދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މަގުހެދުމުގެ މުޅި މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އާރްޑީސީ) އިން ހާމަކޮށްފިއެވެ.

ކޮންޓްރެކްޓް އުސޫލުން އާރްޑީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 15 ނޮވެމްބަރު 2021 ގައެވެ.



މި މަޝްރޫޢުގެ ދަށުން ވެލިދޫގައި ޖުމްލަ 5.7 ކިލޯ މީޓަރު ދިގު މިނުގައި މަގުތައް ތަރައްޤީ ކުރަން ހަމަޖެހިފައިވަނީ ތާރު އަޅައިގެންނެވެ. އެގޮތުން 11 މަގަކާއި އަދި މަގަކަށް އިތުރުކުރެވުނު ބައެއް މިމަޝްރޫޢުގައި ހިމެނޭކަމަށް އާރްޑީސީ އިން މަޢުލޫމާތުދެއެވެ.

އާރްޑީސީ އިން ބުނީ މި މަޝްރޫއުގެ މަސައްކަތް މިހާ ހިސާބަށް އައިއިރު ކޭބަލް ޖަންކްޝަން ބެހެއްޓުމާއި ހޮޅިއަތައް އެޅުމުގެ އިތުރުން ކާރބް ސްޓޯންޖެހުން ފަދަ މަސައްކަތްތަކުގެ 94 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާކަމަށެވެ. އަދި ސްޓޯރމް ވޯޓަރ ޓޭންކް ބެހެއްޓުމާއި ހޮޅޮތައް އެޅުމުގެ 94 އިންސައްތަ މަސައްކަތުގެ އިތުރުން 81 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ 72 އިންސައްތަ ވެސް ނިންމާލެވިފައިވާކަމަށެވެ.

މީގެ އިތުރުން ވެލިދޫގައި ތަރައްޤީކުރަމުންދާ މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ ސާމާނު މިހާރު ވަނީ އެރަށަށް ފޮނުވާފައެވެ.

ނ. ވެލިދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މަގުހެދުމުގެ މަޝްރޫޢަކީ 88,540,833.87 ދިވެހިރުފިޔާގެ މަޝްރޫޢުއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން