މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ހުށައަޅާފައިވާތީ އެ މައްސަލާގައި އޭނާ އަށް ޖަވާބުދާރީވާން މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުން ވަނީ މާލިއްޔަތު ކޮމެޓީއަށް ފޮނުވާފައެވެ. އެމައްސަލަ އާއި ގުޅިގެން މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ގަވަރުނަރަށް ޖަވާބުދާރީވާން ފުރުސަތު ދޭން ވަނީ ނިންމާފައެެވެ. އެގޮތުން ގަވަރުނަރު ޢަލީ ހާޝިމް ޖަވާބުދާރީވުމަށް މި މަހުގެ 15 ވަނަ ދުވަހު އެކޮމެޓީ އަށް ހާޒިރުކުރަން ވަނީ ފާސްކޮށްފަ އެވެ. އަދި ގަވަރުނަރުގެ އަރިހުން ކަަމަކަށް އެދިގެން އެއްބާރުލުން ނުދެއްވާ އޮތްތޯ ބެލުމަށް ފިނޭންސް މިނިސްޓަރަށް ސިޓީއެއް ފޮނުވަން ވެސް ކޮމެޓީން މިއަދު ވަނީ ނިންމާފައެވެ.

އަލީ ހާޝިމް ގަވަރުނަރުކަމުން ވަކިކުރަން މާލިއްޔަތު ކޮމެޓީއަށް ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. އެކޮމެޓީން އެމައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމުން މަޖިލީހުން ވަނީ އެމައްސަލަ މާލިއްޔަތު ކޮމެޓީ އަށް ފޮނުވާފައެެވެ.

ގަވަރުނަރު ވަކިކުރަން ހުށައެޅި ސަބަބެއްގެ ގޮތުގައި ނާޒިމް ވިދާޅުވެފައިވަނީ ގަވަރުނަރު މަގާމުގެ މަސްއޫލިއްޔަތު ވެސް އަދާނުކުރައްވާ ކަމަށާއިި މިވޭތުވެ ދިޔަ ހަތް މަސްދުވަހުގެ ތެރޭގައި އޭނާ ސަރުކާރަށް ދޭން ޖެހޭ ލަފާ ދެއްވަމުން ނުގެންދަވާ ކަމަށެވެ.

އަލީ ހާޝިމް ގަވަރުނަރު ކަމަށް އައްޔަންކުރީ ސެޕްޓެމްބަރު 8، 2019 ގަ އެވެ. އޭނާ ވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރު ކަން ވެސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން