މިޒަމާނަކީ ޓެކްނޮލޮޖީގެ ރޮނގުން ބޮޑެތި ކުރިއެރުން ތަކެއް ހޯދާފައިވާ ޒަމާނެކެވެ. ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރައި ގޮސްފައިވާވަރުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެކި ކަންކަމުގައި ބޮޑު ރޯލެއް އަދާކުރާ އެއްޗަކަށް ޓެކްނޮލޮޖީގެ ވަސީލަތްތައް މިވަނީ ވެފައެވެ.
ޑިޖިޓަލް ގޮތުން ކުރިއަރާފައިވާ މި ޒަމާނުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި އަޅުގަނޑުމެން އެކިކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. އެގޮތުން ދަރިންނަށް ރަނގަޅު ޑިޖިޓަލް އާދަތައް ދަސްކޮށްދިނުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. ގޭތެރޭގައި ރަނގަޅު ޑިޖިޓަލް އާދަތައް އުފެއްދުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. ފައިދާހުރި ޑިޖިޓަލް އާދަތައް ދަރިންނަށް ދަސްކޮށްދިނުމަށް ވަރަށް ގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ.
އެގޮތުން ކުރެވިދާނެ އެއް ކަމަކީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރުމުގައި ދިމާވެދާނެ ނުރައްކާތަކާ މެދު ދަރިންނާ ވާހަކަ ދައްކައި މަޝްވަރާކޮށް ދަރިންނަށް އެކަންތައް ބުނެދިނުމެވެ. އަދި އެކުދިން ވަސީލަތްތައް ބޭނުންކުރާގޮތާމެދު މައިންބަފައިންގެ އެއްވެސް ކަންބޮޑުވުމެއް ވާނަމަ ތެދުވެރިކަމާއެކު އެވާހަކަ އެކުދިން ކައިރީ ބުނަން ޖެހެއެވެ. އަދި އޮންލައިންކޮށް އެއްވެސް ކަހަލަ އުނދަގުލެއް ކުރިމަތިވާނަމަ މައިންބަފައިންގެ ގާތުގައި އެވާހަކަ ބުނުމަށް ދަރިންނަށް ބާރުއަޅަން ޖެހެއެވެ.
ގޭތެރޭގައި "ޓެކް ފްރީ" ޒޯނުތައް ހެދުމަކީވެސް ރަނގަޅު ޑިޖިޓަލް އާދަ އުފެއްދުމަށް ކުރެވޭނެ ކަމެކެވެ. އެގޮތުން ދުވަހުގެ ވަކި ވަގުތެއްގައި ޓެކްނޮލޮޖީގެ އެއްވެސް ވަސީލަތެއް ބޭނުން ނުކުރެވޭ ފަދަ ގަވާއިދެއް ބެލެނިވެރިންނަށް ހެދިދާނެއެވެ. މިސާލަކަށް ކާގަޑީގައި އެއްވެސް ކަހަލަ ޓެކްނޮލޮޖީގެ ވަސީލަތެއް ބޭނުން ނުކުރުމަށް ދަރިންނަށް އިރުޝާދު ދެވިދާނެއެވެ. މިހެން ކަންތައް ކުރުމުން މައިންބަފައިންނާއި ދަރިންނަށް ދުވަހުގައި ވެފައިވާ ކަންތައްތަކާމެދު މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
“ޔެސް އޯ ނޯ” ރޫލަކީވެސް ގޭތެރޭގައި ރަނގަޅު ޑިޖިޓަލް އާދަ ދެމެހެއްޓުމަށް ބޭނުންކުރެވިދާނެ އުކުޅެކެވެ. އެގޮތުން ޓެކްނޮލޮޖީގެ ސަބަބުން ކިޔެވުމަށާއި ދަރިފުޅުގެ އުޅުމަށް އެއްވެސް ކަހަލަ ނޭދެވޭ ބަދަލެއް އަންނަ ނަމަ ވަކިވަރަކަށް ދުވަސްވަންދެން ޓެކްނޮލޮޖީ ބޭނުން ނުކުރެވޭފަދަ އުސޫލުތަކެއް ކަނޑައެޅިދާނެއެވެ. އަދި ހަމަ އެހެންމެ ޓްކްނޮލޮޖީގެ ސަބަބުން ކުއްޖާގެ އުޅުމަށް އެދެވޭ ބަދަލުތައް އައިސްފައިވާނަމަ ހަފްތާގައި ސްކްރީން ދެވޭވަރު އިތުރު ކުރުމަކީވެސް ބެލެނިވެރިންނަށް ކުރެވިދާނެ ކަމެކެވެ.
އޮންލައިންކޮށް ވަކި ކަހަލަ ވީޑިއޯތަކާއި އެއްޗެހި ބެލުން ދަރިންނަށް މަނާ ކުރުމަކީވެސް ރަނގަޅު ޑިޖިޓަލް އާދަ އުފެއްދުމަށް ކުރެވިދާނެކަމެކެވެ. އެގޮތުން އުމުރާ ނުގުޅޭފަދަ އެއްޗެހި ބެލުން ދަރިންނަށް މަނާ ކުރުމާއި ޕޭރެންޓަލް ކޮންޓްރޯލް އެޕްތައް ބޭނުންކޮށްގެން ދަރިންގެ އުމުރާ ނުގުޅޭ އެއްޗެހި ހުންނަ ވެބްސައިޓު ތައް ބްލޮކު ކުރުމަކީ ބެލެނިވެރިންނަށް ކުރެވިދާނެ ކަމެކެވެ.
މި ޒަމާނުގައި ބޮޑުވަމުން އަންނަ ގިނަ ދަރިންނަކީ އެކުދިންގެ ދުވަހުގެ ބޮޑުބައެއް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގައި ހޭދަކުރާ ކުދިންނެވެ. ވީމާ އެކުދިންނަށް ޓެކްނޮލޮޖީއާއި މީސް މީޑިއާ ރަނގަޅު ގޮތުގައި ބޭނުން ކުރަން ދަސްކޮށް ދިނުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު