ހަތަރު މެޖިސްޓްރޭޓަކު އެހެން ކޯޓުތަކަށް ބަދަލުކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އެ މެޖިސްޓްރޭޓުން އެހެން ކޯޓުތަކަށް ބަދަލުކުރީ ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށެވެ.

އެގޮތުން ބަދަލުކުރި ކޯޓުތަކުގެ ތެރޭގައި ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ މަގާމުގައި ހުންނެވި ޝީރީން ނާހިދާ ލަޠީފް، ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަގާމަށް ބަދަލުކުރުން ހިމެނެ އެވެ. އަދި ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓުގެ މަގާމުގައި ހުންނެވި އަހުމަދު ޔަސައު، ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަގާމަށް ވަނީ ބަދަލުކޮށްފަ އެވެ.

އޭގެ އިތުރުން ހދ. ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓުގެ މަޤާމުގައި ހުންނެވި އަހުމަދު އަރީޖް، ހދ. ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަގާމަށާއި ރ. ވާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓުގެ މަޤާމުގައި ހުންނެވި ނަޒީރު މުހައްމަދު، ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމަށް ބަދަލުކުރުން ވެސް މި ބަދަލު ތަކުގެ ތެރޭގައި ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން