ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސޮވަރިން ޑިވޮލޮޕްމަންޓް ފަންޑުގެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފުވައްމުލައް މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހުށަހަޅުއްވާފައިވާ އެ ބިލު މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގަ އެވެ.

އަދި އެ ބިލު އެ ކޮމިޓީން މިހާރު ވަނީ ދިރާސާކޮށްފަ އެވެ.

އެ ބިލަށް އެއްވެސް ހިޔާލެއް ހުށަހަޅުއްވަން ބޭނުން ނަމަ މި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އެ ހިޔާލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މަޖިލީހުން ވަނީ އެދިފަ އެވެ.

ސޮވެރިން ފަންޑުގެ ގާނޫނު ވުޖޫދުވުމުން އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ބޮޑުވެގެންދާނެ ކަމަށް ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދެވި ސޮވަރިން ޑިވޮލޮޕްމަންޓް ފަންޑަށް ޖަމާކުރަނީ އެއާޕޯޓު ޑިވެލޮޕްމަންޓު ފީ އާއި ކްރޮސް ސަބްސިޑީގެ ގޮތުގައި ޕްރޮޖެކްޓުތަކަށް ވަންނަ ފައިސާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން