އަހުޒަމް އަޙްމަދު   3 ޖުލައި 2024 - 9:54
އައްޑޫ ސިޓީގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ އޮފީހެއް ހުޅުވަން ނިންމައިފި އެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް"އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެ އޮތޯރިޓީގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީި ނުކުޅެދުންތެރިކަން ހުންނަ 1000އެއްހާ މީހުން އައްޑޫ ސިޓީގައި ދިރިއުޅޭ ކަމަށެވެ.

އެހެންވެ އައްޑޫ ސިޓީގައި އުޅޭ ނުކުޅެންދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އަޕްޑޭޓް ކުރުމާއި މޮނީޓާކުރުމަކީ ވެސް މިހާރު ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމެއް ކަމުގައި ހީނާ ވިދާޅުވިއެވެ.

އެހެންވެ އައްޑޫ ސިޓީގެ ކައުންސިލާއި ކަމާ ބެހޭ ފަރާތްތަކާއެކު ބައްދަލުވުންތައް ބާއްވާފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ ވިސްނުން އެބަހުރި އައްޑޫ ސިޓީގައި އެންސްޕާގެ އޮފީހެއް ގާއިމުކުރަން. އޭގެ ސަބަބުން މި ސަރަހައްދުގައި ހާއްސަކޮށް އައްޑޫ ސިޓީއާއި ފުވައްމުލަކުގައި މި ސަރަހައްދު ތަކުގައި އަޅުގަނޑުމެން މި މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ މައުލޫމާތުތައް އަޕްޑޭޓްކުރުމާއި ވިޒިޓް ކުރުމާއި އަދި އޭގެ އިތުރުން ހަމަ ސިންގަލް ޕޭރަންޓް ޕްރޮގްރާމާއި ކާބޯތަކެތީގެ އެހީގެ ގޮތުގައި އަޅުގަނޑުމެން އެހީދޭ ފަރާތްތަކާއި، މިހެން ގޮސް މި ހުރިހާ ލެވަލްއަކަށް ބެެނެފިޝަރީޒްގެ ހުރިހާ ޕްރޮގްރާމެއްގެ ތެރެއިން މި ތިއްބެވި ބޭފުޅުންގެ މަސައްކަތްތައް ހުރީ ކިހިނެއްތޯ ބަލައި މޮނީޓާ ކުރުމާއި، މި ހަރުދަނާ ނިޒާމެއްގެ ތެރެއިން ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދޭ." ހީނާ ވިދާޅިވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން