ސައިބަ ކްރައިމްއާ ގުޅޭ މައްސަލަތައް ގާނޫނުލް އުގޫބާތުގައި ހިމަނަށް އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިއުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

އެގޮތުން ސައިބާ ކްރައިމްއާ ގުޅޭ 10 ކަމެއް ކުށަކަށް ހަދަން ވަނީ ހުށަހަޅައިފަ އެވެ.

ބިލުގައި ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސަސްވުމާއި އިތުރު ކުށެއް ކުރުމަށް މަގުފަހިކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން، ކުށަކަށް ހެދުން ހިމެނެ އެވެ.

ހަމަ އެހެންމެ ހުއްދަނެތި ކޮމްޕިއުޓަރ ޑޭޓާ އިންޓަރސެޕްޓްކުރުމާއި ހުއްދަނެތި ކޮމްޕިއުޓަރ ޑޭޓާއަށް އިންޓަފިއަރކުރުމާއި ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުން ވެސް ކުށަކަށް ހަދަން ވަނީ ހުށަހަޅައިފަ އެވެ.

އޭގެ އިތުރުން ސަވައިލެންސްގެ އަމަލުތަކާއި ސައިބަ ވަޔަލަންސްގެ އަމަލުތައް، ކޮމްޕިއުޓަރާ ގުޅުންހުރި ފޯޖަރީގެ އަމަލުތައް، ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ އަމަލުތައް އަދި ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްޤުތަކަށް އަރައިގަތުމުގެ އަމަލުތަކަކީ ކުށް ކަމަށް ކަނޑައެޅުމަށް އިސްލާހުގައި ހުށަހަޅާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން