ޒަޔަނިސްޓް ޔަހޫދީ އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓާލަން އެގައުމުގެ އަސްކަރިއްޔާއަށް މަޖުބޫރު ވެފައިވާކަމަށް މީޑިޔާ ރިޕޯޓްތަކުން ހާމަވެއްޖެއެވެ.

އިސްރާއީލު ސިފައިންގެ މުއައްސަސާއަކާއި ހަވާލަދީ އެގައުމުގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމާސް އާއެކު އަސީރުން މިނިވަން ކުރުމުގެ އެއްބަސްވުމަކަށް ނުގޮސް ޣައްޒާގައި ހަމާސް ބަލިކުރެވިއްޖެކަމަށް ބުނެ ހަނގުރާމަ ހުއްޓާލަން އިސްރާއީލުގެ އަސްކަރިއްޔާއިން ދަނީ ތައްޔާރުވަމުންނެވެ.

ހަނގުރާމައިގައި އިސްރާއީލު ސިފައިންގެ ގިނަ ބަޔަކު މަރުވެ އަދި ގިނަ ބަޔަކު ޒަޚަމްވަމުންދާތީ މިހާރު މި ކުރާގޮތަށް ހުއްޓުމެއްނެތި ހަނގުރާމަކުރުން ހުއްޓާލުމަށް ވަނީ ރާވާފައެވެ. އިސްރާއީލް އަސްކަރިއްޔާއިން ބުނާގޮތުގައި ހަނގުރާމައިގައި ގިނަ އަދަދެއްގެ ސިފައިންނަށް ނަފްސާނީ މައްސަލަތައް ކުރިމަތިވެ ހަނގުރާމަ ނުކުރެވޭ ހާލަތަށްވެސް ވަނީ ގޮސްފައެވެ.

މީޑިޔާއަށް މައުލޫމާތު ދެމުން އިސްރާއީލް އަސްކަރިއްޔާއިން ބުނީ މިހާރު 4 ވަނަ ހާލަތަށް ހަނގުރާމައިގެ ކަންތައް ގެންދިޔުމަށް އިސްރާއީލު ސިފައިންގެ އެންމެ އިސް ޖެނެރަލުންނާއި ކޮމާންޑަރުން ނިންމައި އެކަމާބެހޭ ޕްލޭންތައްވެސް ހަދާފައިވާ ކަމަށެވެ.

އިސްރާއީލުން ޣައްޒާގައި ހަނގުރާމަ ފެށީ އޮކްޓޯބަރު ހަތް ވަނަ ދުވަހުއެވެ. އިސްރާއީލުން ޣައްޒާގައި ކުރަމުންދާ މި ހަނގުރާމައިގައި މިހާތަނަށް 37،900 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އެތައް ހާސް ބަޔަކު ޒަހަމް ވެފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން