ރައީސް ޑރ. މުހައްމަދު މުއިއްޒު ތިން ގައުމަކަށް ސަފީރުން ޢައްޔަން ކުރައްވައިފިއެވެ.

ސަފީރުންގެ ގޮތުގައި ރައީސް މިއަދު ޢައްޔަންކުރެއްވި ބޭފުޅުންނަކީ، ބަންގްލަދޭޝްއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ސ. ހުޅުދޫ، އަސަރީގެ ޝިއުނީން ރަޝީދު، ތުރުކިޔޭއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ގޮތުގައި ގަލޮޅު ކަނޑިތޮޅިއާގެ ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަޙީމް ޢަބްދުއް ލަތީފް، އަދި ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ގޮތުގައި ނ. ހޮޅުދޫ އުފަންވެލި މުހައްމަދު ތާހާ އެވެ.

މި ތިން ބޭފުޅުންވެސް ސަފީރުކަމަށް ޢައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ.

އެ ބޭފުޅުން އެ މަގާމަށް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން އޮތީ ރުހުންވެސް ދީފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން