އިންޑިއާއިން ދިވެހިން ފަރުވާ ހޯދާ ހޮސްޕިޓަލެއްކަމަށްވާ މަނިޕާލް ހޮސްޕިޓަލުން ހިދުމަތްތަކަށް ނަގާ އަގު އެކަށީގެންވާވަރަށްވުރެ ބޮޑުކަމުން އެ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް ދިނުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، އެ ހޮސްޕިޓަލުގެ އަގުތައް ބޮޑުކަމުން އެ އަގުތަކާމެދު މަޝްވަރާތަކެއް ފަށާފައިވާ ކަމަށެވެ. އެހެންކަމުން މަޝްވަރާތައް ނިމެންދެން މިދިޔަ ހޯމަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް ދިނުން ހުއްޓާލަން އަންގާފައިވާނޭކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.

އާސަންދައަށް ކަނޑައަޅާފައިވާ ރޭޓުގެ އިތުރުން ވެސް ބޮޑެތި އަދަދުތަކުން ދިވެހީން އަތުން އެ ހޮސްޕިޓަލުން ފައިސާ ނަގަމުން ދާކަމުގެ ޝަކުވާ ލިބޭތީ އާސަންދަ ހުއްޓާލިނަމަވެސް، މިހާރު ވެސް ފަރުވާ ހޯދަމުންދާފަރާތްތަކަށް އާސަންދަ ލިބޭނެކަމަށް ހީނާ ވިދާޅުވިއެވެ.

ރާއްޖޭން ބޭރު 57 ހޮސްޕިޓަލެއްގައި އާސަންދައިގެ ހިދުމަތް ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން