ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ބަޔަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 18 އަހަރާއި 21 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނުން ނެވެ.

އެ މީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި މީހުން ހިފެހެއްޓުމާއި ޖެހުން ހިމެނެ އެވެ،

އަދި އެ ތުހުމަތުތައް ސާބިތުކުރެވޭ ވަރަށް ސީސީޓީވީ ފުޓޭޖާއި އަދި އަނިޔާ ލިބުނު މީހުންގެ ބަޔާން ހުށަހަޅާފައިވާ ކަަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެެ.

އެކަންކަމަށް ބަލައި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބަލައި އެ މީހުންގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިދީފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން