ކަޅު ބާޒާރުގައި ޑޮލަރު ވިއްކަނިކޮށް ބަންގްލަދޭޝްގެ ދެ މީހުން އަތުލައިގެންފި އެވެ.

އިމިގްރޭޝަންގެ ރަސްމީ އެކައުންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ދެ މީހުން އަތުލައިގަތީ ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

އެ ދެ މީހުން އަތުލައިގަތީ ޑޮލަރު އޭޓީއެމް ކައިރިން ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ. އަދި އެ ދެ މީހުންނަކީ ކަޅުބާޒާރުގައި ޑޮލަރު ވިއްކުމުގައި ވަރަށް ފުޅާކޮށް މަސައްކަތް ކުރަމުންދާ ބައެއް ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެެވެ.

އާންމުކޮށް ބިދޭސީން ޑޮލަރު ވިއްކައި، ޑޮލަރު ގަތުމުގެ މުއާމަލާތްކުރަމުން ދަނީ ޑޮލަރު އޭޓީއެމް ކައިރީގައިކަން ފާހަގަކޮށްލެވެ އެވެ.

އަތުލައިގަތް ދެ މީހުންނަކީ ގަވައިދާާ ހިލާފަށް ރާއްޖޭގައި އުޅޭ ދެ މީހުން ކަމަށާއި އެ މީހުންނާ ސުވާލުކުރުމަށް މިހާރު ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

މިދިޔަ މާޗު މަހުގެ ނުވަ ވަނަ ދުވަހު ވެސް ވަނީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ހަ ބިދޭސީއަކު އަތުލައިގަނެ ފަހުން ޑީޕޯޓްކޮށްލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން