އިސްލާމީ އަގީދާއާ ގުޅޭ ދެވަނަ ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ފޯރަމަކީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާއި ސައުދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށް ގެންދާ އިލްމީ ޕޯރަމްއެކެވެ.

އެ ފޯރަމް އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ މޭ މަހު އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އޭގެ ދެވަނަ ފޯރަމް އޮންނާނީ މި މަހުގެ ނުވަވަނަ ދުވަހުން 10 އަކަށް ކަމަށެވެ.

އެ ފޯރަމް އޮންނާނީ އިސްލާމީ މަރުކަޒުގެ ކޮންފަރެންސް ހޯލުގައި ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ފޯރަމުގެ މައިގަނޑު މަގުސަދަކީ އަގީދާގެ ދާއިރާއިން އިލްމީ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެެވެ. އަދި ޚާއްސަކޮށް ތައުހީދާ ގުޅޭ ގޮތުން އިލްމީ މައުލޫމާތުދިނުން އެ ފޯރަމްގައި ހިމެނެ އެވެ.

އެންމެ ފުރަތަމަ ބޭއްވި ފޯރަމަށް ހީކުރި ވަރަށް ވުރެ މާބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށް އިސްލާމިކް މިނިސްޓްރަރު މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން