ތުއްތު ދަރިފުޅުގެ ފުރަރަމަ 1000 ދުވަހަށް އަމާޒުކޮށްގެން "ތުއްތު ދަރިފުޅުގެ މިންހެޔޮ ކާނާ" ކިޔާ ފޮތެއް ހެލްތު މިނިސްޓްރީން ނެރެފިއެވެ.

މިއަދު ހެނދުނު ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ހެލްތް މިނިސްޓަރ، ޑރ. އަބްދުﷲ ހަލީލްއެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ފޮތަކީ ކުޑަކުދިންގެ ނިއުޓްރިޝަންގެ ހާލަތު ރަނގަޅުކޮށް، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުއްޖާގެ ފުރަތަމަ 1000 ދުވަހަށް އަމާޒު ކޮށްގެން ނެރުނު ފޮތެއް ކަމަށެވެ. މި ފޮތަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ޔުނިސެފް ގުޅިގެން އެކުލަވާލެވިފައިވާ "ސޯޝަލް އެންޑް ބިހޭވިއަރ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓަޖީ" ގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ފޮތް ނެރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ރެޕްރެޒެންޓެޓިވް, އިސީ ފޭންގޯލްޑް ބައިވެރިވެ ވަޑައިގެންނެވިއެވެ.

"ތުއްތު ދަރިފުޅުގެ މިންހެޔޮ ކާނާ" ފޮތް ތައްޔާރު ކުރެވިފައި ވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ޔުނިސެފް އަދި އެޑްވަކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) ގުޅިގެންނެވެ. އެފޮތު ގެ އީ-ބުކް ވާރޝަން މިއަދުން ފެށިގެން މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. އަދި އެ ފޮތުގައި ހަމަސް ފުރުމުން ދަރިފުޅަށް ދޭނެ ފައިދާ ހުރި ކާނާ ފަށާނެ ގޮތާއި ފައިދާ ހުރި ތަފާތު ކާނާ އިހުތިޔާރު ކުރާނެ ގޮތް އަދި ކެއިން ބުއިމުގެ އާދަކާދަތައް ބައްޓަން ކުރާނެ ގޮތުގެ މައުލޫމާތު ހިމެނޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން