މިއަހަރުގެ މުދަލު ޒަކާތް ވާޖިބުވާ ނިސާބު ބޮޑުކޮށްފައިވާކަން މޯލްޑިވްސް ޒަކާތް ހައުސް އިން ހާމަކޮށްފިއެވެ.

ޒަކާތް ހައުން އިން ބުނީ މިދިޔަ މަހުގެ 22 އިން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 9353.40ރ. ކަަމަށެވެ. މީގެ ކުރިން މުދަލުގެ ޒަކާތް ވާޖިބުވާ ނިސާބަކީ 7،140ރ. އެވެ.

މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިސާބު ކަމަށް ރާއްޖޭގައި ބަލަނީ ރަން ރިހީގެ އަގުންނެވެ. އަދި ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިސާބަށް ބަދަލު ގެންނަމުން ގެންދާކަން ފާހަގަ ކުރެވެއެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށެވެ.

މުދަލުގެ ޒަކާތު ވާޖިބުވަނީ އެމީހެއްގެ އަތުގައި ނިސާބު ގެ މިންވަރު ނުވަތަ އެއަށްވުރެން ގިނަފައިސާ ހަމަވެފައި ހުންނަތާ 01 އަހަރު ވެފައިވާ ފައިސާ އާއި ތަކެތިންނެވެ. ޒަކާތް ނެރެންޖެހޭނީ އެ އަދަދެއްގެ 40 ބައި ކުޅަ އެއްބައެވެ. އެއީ 2.5 އިންސައްތަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން