މައުލޫމާތު ހާމަކުރުމާ ދެކޮޅު ނޫން ކަމަށް ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ސިޔާސީ މަގާމުތަކަށް ނަގާފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައަށް ހޭދަކުރާ އަދަދު ހާމަކުރަން ގޮވާލައި ކުއްލި މައްސަލައެއް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އިއްޔެ މަޖިލީހަށް ހުށަހެޅުއްވި ނަމަވެސް މަޖިލީހުގެ ސުޕަމެޖޯރިޓީ ކޮންޓްރޯލްކުރާ ޕީއެންސީގެ ވޯޓުތަކާއެކު ވަނީ އެ މައްސަަލަ ބޭރުކޮށްލައިފަ އެވެ.

އެ މައްސަލަ ބަލައި ނުގަތުމަށް ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި ކުރީގެ ނޫސްވެރިޔާ އަޒާންވެސް ހިމެނިވަޑައިގަންނަވަ އެވެ.

މަޖިލީހަށް ހޮވިވަޑައިގަތުމުގެ ކުރިން އަޒާން ނޫސްެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އިރު ނިމިގެން ދިޔަ ވެރިކަމުގައި އަޒާން އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިޔައީ މައުލޫމާތުތައް ހާމަކުރުމަށް ސަރުކާރަށް އެންމެ ބޮޑަށް ޕްރެޝަރު ކުރެއްވި ނޫސްވެރިއެއްގެ ގޮތުގަ އެވެ. ހާއްސަކޮށް އިންޑިއާއާއެކު ނިމިގެން ދިޔަ ވެރިކަމުގައި ހެދި އެއްބަސްވުންތަކާ ގުޅޭ މައުލުމާތު ހާމަ ނުކުރުމުން ކޯޓަށް ވެސް މައްސަލަ ހުށަހެޅި އެވެ.

އެހެންވެ މި ވެރިކަމުގައި ސިޔާސީ މަގާމުތަކާ ގުޅޭ ގޮތުން މައުލޫމާތު ހާމަކުރުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބޭރުކޮށްލަން އަޒާން ވޯޓު ދެއްވުމުން ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން އަޒާން އެކްސްގައި ވިދާޅުވީ މައުލޫމާތު ހާމަކުރުމާ ދެކޮޅު ނޫން ކަމަށެވެ. ނަމަވެސް އިއްުޔެ މައުލޫމާތު ހާމަކުރަން ހުށަހެޅި މައްސަލައަށް ވޯޓު ނުދިނީ އެ މައްސަލައަކީ އެމްޑީޕީން ވަގުތު ބޭކާރުކުރަން ހުށަހެޅި މައްސަލައަކަށް ވާތީ ކަމަށެވެ.

"ސިޔާސީ މުވައްޒަފުންގެ އަދަދު ސަރުކާރުން ހާމަކުރާނެ. ރައީސް މުއިއްޒު އެކަން ކަށަވަރު ކުރުމަށް ކަމާ ބެހޭ އިދާރާތަކަށް ވަނީ އަންގަވާފަ" އޭނާ ވިދާޅުވި އެވެ.އަޒާން އަކީ ނިމިދިޔަ ސަރުކާރާއި ދެކޮޅަށް ނޫސްވެރިކަމުގެ ޓެގް އަޅުވައިގެން ހަގީގަތާއި ހިލާފު ދޮގުވާހަކައިން ފިތުނައުފެއްދިކަމަ މިހާރުގެ އިދިކޮޅުން ބުނަމުންދާ މީހެކެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން