މާލޭގައި ހަށިވިއްކަމުން ދިޔަ ބިދޭސީ ދެ އަންހެނަކު ހައްޔަރުކޮށް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ބުނީ މާލޭގައި ހަށިވިއްކަމުން ދިޔަކަމުގެ ތުހުމަތުގައި ދެ ބިދޭސީ އަންހެނަކު އިމިގްރޭޝަނުގެ ބެލުމުގެ ދަަށަށް ގެނެސްފައިވަނީ ފުލުހުންނަށް ލިބުނު އިންޓަލިޖަންސް މަޢުލޫމާތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހުކަމަށެވެ.

އެގޮތުން މާލޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކާކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓަލިޖަންސަށާ ލިބުމާއެކު މިދިޔަ ބުދަ ދުވަހުގެ ރޭ، އިމިގްރޭޝަންގެ ޓާސްކްފޯސްއިން ޚާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ. މިއޮޕަރޭޝަނުގައި ވިއެޓްނާމަށް ނިސްބަތްވާ ދެ އަންހެނަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެވުޒާރާއިން ހާމަކޮށްފައިވެއެވެ.



އިމިގްރޭޝަނުން ވަނީ ރާއްޖޭގައި ގާނޫނާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން 29 ޖޫން ވީ ހޮނިހިރު ދުވަހު މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް އުޅޭ 80 އަށްވުރެ ގިނަ ބިދޭސީން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން