އިނގިރޭސިިވިލާތުގައި އިއްޔެ ބޭއްވި އާންމު އިންތިހާބު ލޭބާ ޕާޓީން ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކޮށްފި އެެވެ.
އިނގިރޭސިިވިލާތުގެ އިންތިހާބުގެ 527 ދާއިރާގެ ނަތީޖާ އިއުލާންކޮށްފައިވާ އިރު ލޭބާ ޕާޓީން ވަނީ 363 ދާއިރާ މިހާތަނަށް ކާމިޔާބުކޮށްފަ އެވެ.
އެއާއެކު ސަރުކާރު އެކުލަވާލުމަށް ބޭނުންވާ މެޖޯރިޓީ ލޭބާ ޕާޓީއަށް ވަނީ ލިބިފަ އެވެ.
ހިޔާލު ހޯދުންތަކުގެ ނަތީޖާތަކުން ދައްކާ ގޮތުން ލޭބާ ޕާޓީއަށް ޖުމްލަ 410 ގޮނޑި ލިބޭނެ އެވެ.
މިފަހަރުގެ އިންތިހާބުގައި މިހާރު ވެރިކަން ކުރަމުންދާ އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިފަ އެވެ. އެ ޕާޓީއަށް ލިބޭނެކަމަށް ލަފާކޮށްފައި ވަނީ އެންމެ 131 ގޮނޑި އެވެ. މިނަތީޖާއާއިއެކު އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމުގައި މިހާރު ހުންނެވި ރިޝީ ސުނާކްއަށް ވަނީ މަގަމު ގެއްލިފަ އެވެ.
މިހާރު ބެލެވިފައިވާ ގޮތުގައި ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަންނަވާނީ ލޭބާ ޕާޓީގެ ލީޑަރު ކެޔާ ސްޓާމާ އެވެ.

ކިޔުންތެރިންގެ ހިޔާލު