މެދުރާއްޖެއިން ފެށިގެން ދެކުނުގެ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ރާއްޖޭގެ ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރުނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށެވެ. އެ އޮފީހުން ބުނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައިވާ ކަމަށެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރިފައިވަނީ ހެނދުނު 9:00 އިން މެންދުރު ފަހު 15:00 އަށެވެ.

ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިއްޔެއިން ފެށިގެން ދަނީ ވިއްސާރަކުރަމުންކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން