ޖިނާއީ ކުށްތަކާ ގުޅިގެން ކުރާ ޖޫރިމަނާތަކަށް ފައިސާ ނުދައްކާ މައްސަލަ ބޮޑުވެ އެފަދަ މީހުން ޖަލަށް ލާން ޕްރޮސިއުޓާ ޖެެނެރަލް އޮފީހުން އެދެން ފަށައިފި އެވެ.

ޕްރޮސިއިއުޓާ ޖެނެރަލް އޮފީހުން ނެރުނު "ނިއުސް ލެޓާ" އެއްގައި ބުނީ ޖިނާއީ ކުށުގެ އަސްލު އަދަބަކީ ޖަލަށްލުން ކަމަށާއި އަދި ޖޫރިމަނާ އަދަބެއް ނުވަތަ ތަފާތު އަދަބެއް ކަނޑައެޅުމަކީ އިސްތިސްނާ ހާލަަތެއް ކަމަށެވެ.

އެހެންކަމުން ކުށް ސާބިތުވުމުން ކަނޑައަޅަންޖެހޭ ޖަލު އަދަބުގެ ބަދަލުގައި ކަނޑައަޅާ ޖޫރިމަނާ ނުދެއްކުމުން ނުކުންނާނެ ނަތީޖާއަކީ، އޭނާ އެ ކުރި ކުށަށް އަދަބު ނުލިބުން ކަމަށާއި ކޯޓުން ކަނޑައަޅާ މުއްދަތުގައި، ތަކުރާރުކޮށް އެންގުމުންވެސް ޖޫރިމަނާ ފައިސާ ނުދައްކާ މައްސަލަ ކުރިމަތިވަމުންާދާ ކަމަށް ވެސް ޕްރޮސިއިއުޓާ ޖެނެރަލް އޮފީހުން ބުނެފައި ވެއެވެ.

"ޖޫރިމަނާ ފައިސާ ނުދައްކާކަމަށް މީރާއިން މި އޮފީހަށްދޭ މަޢުލޫމާތަށް ބަލައި، ޖޫރިމަނާ ފައިސާ ނުދައްކާމީހުންގެ އަދަބު ޖަލު އަދަބަކަށް ބަދަލުކޮށްދިނުމަށް މިއޮފީހުން މިގެންދަނީ ދަށުކޯޓަށް ހުށަހަޅަމުންނެވެ." ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ ޖޫރިމަނާ އަދަބެއް ކޯޓުން ކަނޑައަޅަނީ ޖޫރިމަނާ ފައިސާ ދެއްކޭނެ ވަޞީލަތް ހުރިކަން ކޯޓުން ކަށަވަރުކުރުމަށްފަހު ކަމަށް ވާތީ ޖިނާއީ ކުށުގެ އަދަބުގެ ގޮތުގައި ކަނޑައެޅޭ ޖޫރިމަނާ ފައިސާ ނުދެއްކުމަށް ދެއްކޭނެ ޙުއްޖަތެއް ނޯންނާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން