މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމާއި ޓްރެފިކުގެ މައްސަލަަތައްކަން ހާމަވެއްޖެ އެވެ.

ފުލުހުން އާންމު ކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ މަހު ވަނީ ވައްކަމުގެ 315 މައްސަަލަ ހުށަހަޅައިފަ އެވެ.

އެއަށް ފަހު ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކުގެ މައްސަލަ ތަކެވެ. އެއީ 212 މައްސަލަ އެވެ.

އޭގެ އިތުރުން މަސްތުވާތަކެތީގެ 175 މައްސަލައާއެކު އެކި އެއްޗެހި ގެއްލިގެން ވެސް 77 މައްސަލައެއް ރިޕޯޓްކޮށްފައި ވެއެވެ.

ތަންތަނަށް ގެއްލުން ދީގެން 64 މައްސަލައެއް ހުށަހެޅި އިރު ފޯޖުކުރުމުގެ އަށް މައްސަލައެއް ވެސް މިދިޔަ މަހު ހުށަހަޅާފައި ވެއެވެ.

މިދިޔަ މަހު ވައްކަމުގެ ގިނަ މައްސަލަތަކެއް ހުށަހެޅިއިރު ނިމިގެން ދިޔަ ސަރުކާރުން 400 އަށް ވުރެ ގިނަ ގައިދީން ދޫކޮށްލުމުން ވައްކަމުގެ މައްސަލަތައް ބޮޑުވެ އެކަން ހުއްޓުވުމުގައި ދަތި އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން