މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) އިން ޔޫރޯ ފުޓްބޯޅަ މުބާރާތާއި ގުޅުވައިގެން ހިންގާ ޕްރޮމޯޝަނާއި ދިމާކޮށް ސްކޭމްތައް ހިންގާތީ ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.

އެމްޓީސީސީ ބުނީ އެ ކުންފުނިން މީސްމީޑިޔާގައި ކުރިޔަށް ގެންދާ ޕްރޮމޯޝަންގައި ބައިވެރިވެފައިވާ ފަރާތްތަކަށް އޮޅުވާލައިގެން ”ފިޝިންގ ސްކޭމް” އެއް ކުރިޔަށް ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މި ޕްރޮމޯޝަންގައި ބައިވެރިވެފައިވާ ފަރާތްތަކަށް ވަކި ވަގުތެއްގެ ކުރިން ރަޖިސްޓަރ ވާން ކަމަށް ބުނެ އެއްވެސް މެސެޖެއް ނުވަތަ ލިންކެއް ފޮނުވާފައިވާނަމަ މިކަމަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

“މިފަދަ ސްކޭމެއްގައި ޖެހި ޕާސްވޯޑް ޖެހިފައިވާނަމަ އަވަހަށް ޕާސްވޯޑް ބަދަލުކުރެއްވުމަށް ދަންނަވަން. އިތުރު ރައްކާތެރިކަމަށް އޯޓީޕީ އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށާއި ޓޫފެކްޓަރ އޯތެންޓިކޭޝަން އެކްޓިވޭޓްކޮށްފައި ބެހެއްޓުމަށް ހުރިހާ ބޭފުޅުންނަށް އިލްތިމާސްކުރަން.“ އެމްޓީސީސީގެ މެސެޖުގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން