މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

އެ ބޯޑަށް އައްޔަނުކުރައްވާފައި ވަނީ އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅެކެވެ. އެއީ އައިޝަތު ހަމީދާއި އަބްދުލް ސަމީއު އިމާދު އެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް، އިޝްތިހާރުކުރުމުގެ މަސްއޫލިއްޔަތު އޮންނަ އެމްއެމްޕީއާރުސީ ފަހަކަށް އައިސް އޮތީ ބޮޑެތި މައްސަަލަތަކެއްގެ ތެރޭގަ އެވެ.

އެގޮތުން މިދިޔަ މޭމަހު އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނުރައިން ޖަނާހު ވަނީ ކުއްލި ގޮތަކަށް އެމަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އަދި ހަމަ މޭ މަހު އެމްއެމްޕީއާރުސީ ބޯޑުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ، މަޓީ ތަމްސީލު ކުރައްވަމުން ގެންދެވި މެމްބަރު ރާފިލް ވެސް އިސްތިއުފާ ދެއްވި އެވެ.

ހަމަ މިދިޔަ މޭ މަހު އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމުން ފާތިމަތު ތައުފީގު ވަނީ ވަކިކޮށްފައެވެ.

އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމުގައި މިހާރު ހުންނެވީ އިބްރާހިމް ޝިއުރީ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ މިދިޔަ މަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން