މާލޭގެ އޮފީހަކުން 1.5 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި 5 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ 1.5 މިލިއަން ރުފިޔާ ވަގަށް ނަގާފައި ވަނީ މާލޭގެ އަލިހަވާ ބިލްޑިންގގެ 8 ވަނަ ފަންގިފިލާގައި ހުއްޓާ ކަމަށެވެ. މި އަހަރުގެ އޭޕްްރިލް އެއް ވަނަ ދުވަހު ހިނގި މި ހާދިސާއަކީ އިންތިޒާމްވެގެން ރާވައިގެން ގިނަބަޔަކު ބައިވެރިވެގެން ކޮށްފައިވާ ކަމެއް ކަމަށް މިތަނުން ހައްޔަރު ކުރި މީހެއްގެ ބަންދު އަމުރުގައި ބުނެފައި ވެއެވެ.

މި މައްސަލާއި ގުޅިގެން ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ، ވައްކަން ކޮށްފައި ވަނީ އެ އިމާރާތުގެ އަށް ވަނަ ފަންގިފިލާގައި ހިންގަމުންދާ އަލިހަވާ ޓްރޭޑިންގ ކޮމްޕެނީގެ އޮފީހުން ކަމަށެވެ.

ޝިފާން ވިދާޅުވީ މި މައްސަލައިގައި ޖުމްލަ ފަސް މީހަކު ހައްޔަރު ކުރިކަމަށާއި އޭގެ ތެރެއިން ދެ މީހުން ދޫކޮށްލާފައިވާ ކަމަަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 31އ، 33އ، 34އ، 35އ، އަދި 38އ، ގެ ދިވެހި ފިރިހެނުންނެވެ.

ވައްކަމުގެ މި މައްސަލައިގައި އެންމެ ފަހުން ހައްޔަރު ކުރި އއ. މަތިވެރިއަށް ނިސްބަތްވާ 33 އަހަރުގެ ފިރިހެން މީހާއަކީ ހައްޔަރު ކުރި ރެކޯޑް އޮންނަ މީހެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން