ގޭންގް ރޭޕްގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ލ. މާބައިދޫ، ސީސައިޑް، ހުސައިން އާޒިފް މީގެ 13 އަހަރު ކުރިން ހައްޔަރުކުރީ ފަސް މީހުންގެ ގްރޫޕަކާއެކު 18 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއްގަ އެވެ.

ކުރިންވެސް ވައްކަމުގެ ރެކޯޑް އޮންނަ އާޒިފް އިއްޔެ އަނެއްކާވެސް ހައްޔަރުކޮށްފައި ވަނީ ވައްކަމުގެ މައްސަލައެއްގަ އެވެ.

ކްރިމިނަލް ކޯޓުގެ ބަންދުގެ އަމުރުގައިވާ ގޮތުން އާޒިމް ވައްކަން ކުރަން ވަތް ތަނަށް ވަނީވެސް ހުއްދަ ނެތި އެވެ.

އާޒިމަކީ މުޖުތަމައަށް ނުރައްކާތެރި މީހެއް ކަމަށް ބަލައި އޭނާ 15 ދުވަހަށް ބަންދުކުރަން މިހާރު ވަނީ މުއްދަތު ވެސް ޖަހައިދީފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން