“އެސްއެމްއީ ހަބް" ހިންގާ އިމާރާތުގައި ޑިވެލޮޕްމެންޓް ބޭންކާއި ފައިނޭންސް ސެންޓަރު ގާއިމް ކުރަން ނިންމާފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން މިހާރު ވަނީ ޑިވެލޮޕްމެންޓް ބޭންކާއި ފައިނޭންސް ސެންޓަރު ހިންގުމަށް އެސްއެމްއީ ހަބްގެ ގްރައުންޑް އަދި ދެ ވަނަ ފްލޯ އަށް ބަދަލުތަކެއް ގެނެސްފައެވެ.

އެސްއެމްއީ ހަބްގެ ގްރައުންޑް ފްލޯގައި ސިޓީ ބޭކަރީ އާއި ކުޑަ ލައިބްރަރީއެއް މިހާރުވެސް ހިންގާއިރު ފުރަތަމަ އަދި ދެވަނަ ފްލޯގައި ކުދި ވިޔަފާރިތަކުގެ ކެފޭ އާއި ފިހާރަތައް ހިންގަ އެވެ. ބީސީސީ އިން އަންނަނީ ތިން ވަނަ ފްލޯ ވެސް ހަދަމުންނެވެ. އެ ތަނުގައި 25 މީހުންނަށް ހާއްސަ ސިނަމާ އަކާއި ސެލޫން ފަދަ ތަންތަނަށް ކުދި ގޮޅިތައް ވިޔަފާރިތަކަށް ދޫކުރަން ކުރިން އޮތީ ނިންމާފައެވެ.

އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ އެސްއެމްއީ ހަބްގެ ގްރައުންޑް ފްލޯ އާއި ދެ ވަނަ ފްލޯ އަދި ތިން ވަނަ ފްލޯގައި ހުރި ތަންތަން އެހެން ތަނަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށާއި އެ ތަނުގައި ސަރުކާރުން އަލަށް ގާއިމް ކުރާ ޑިވެލޮޕްމެންޓް ބޭންކާއި ފައިނޭންސް ސެންޓަރު ހުޅުވަން ނިންމާފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ އެސްއެމްއީ ހަބް ހިންގާ އިމާރާތަށް ސަރުކާރުން މަހަކު ގާތްގަނޑަކަށް ހަތް ލައްކައެއްހާ ރުފިޔާ ކުލީގެ ގޮތުގައި ދައްކާ ކަމަށެވެ. އެކަމަކު، ތަން ދޫކޮށްފައިވާ ވިޔަފާރިތައް ހިންގާ މީހުންގެ އަތުން ނަގަނީ ވަރަށް ކުޑަ ކުއްޔެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، އެއީ ދެކޮޅު ޖެހޭ މޮޑެލްއަކަށް ހިންގާ ތަނެއް ނޫން ކަމަށްވެސް ވަޒީރު ސައީދު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން