ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންނަނީ، ހަތިމެއް ވީދާލީ ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައި
ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންނަނީ، ހަތިމެއް ވީދާލީ ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައި
މިސްކިތެއްގައި އޮތް މުސްހަފެއްގައި ދަތްއަޅައި ވީދާލި މީހަކު ހައްޔަރުކޮށްފިއެވެ.

އެމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އެމްޑީ މަންނާން (36އ،) ނަމަކަށް ކިޔާ މީހެކެވެ. ފުލުހުން އޭނާ ހައްޔަރުކޮށް ބަންދާއި މެދު ގޮތެއް ނިއްމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.

އަމުރުގައި ބުނެފައިވަނީ ފުލުހުން ހުށަހަޅާފައިވާ ހާދިސާ ރިޕޯޓުން އޭނާ، މިސްކިތުގައި އޮތް ހަތިމެއްގައި ދަތްއަޅައި ވީދާލައިފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އެމައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވާތީ އާއި އޭނާ އަކީ ބިދޭސީއަކަށްވެފައި ބަންދުން ދޫކޮށްލައިފިނަމަ ފިލާފާނެ ކަމަށް ފެންނާތީ ބަންދުގައި ބެހެއްޓުމަށް ނިއްމީ ކަމަށް އަމުރުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން