ދިވެހި ތާރިހު ނުދެކޭ ފަދަ ހެޔޮ ރަނގަޅު ވެރިކަމެއް މި ފަސް އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮށްދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ ރައްޔިތުންގެ ހެވާއި ލާބައަށް ޓަކައި ރައީސްގެ އިރުޝާދުގެ ދަށުން މަޖިލިސް ތެރެއިން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމާއި ގާނޫނުތައް ހެދުމާއި ގާނޫނުތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

"މިކަންކަން الله އިރާދަކުރެއްވިއްޔާ މި އަހަރެއްގެ ތެރޭގައި ގިނަ ރައްޔިތުންނަށް ހެވާ ލާބައަށް ހުރި ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް ހުރި ގިނަ ގާނޫނުތައް އަޅުގަނޑުމެން އިސްލާހުކުރެވިގެން ބަދަލުކުރެވިގެން ދިޔައީމައި الله އިރާދަކުރެއްވިއްޔާ ދިވެހި ރާއްޖޭގެ ރައްޔިތުން ދުވަހުކު ރާއްޖޭގެ ތާރީހު ނުދެކޭ ފަދަ ހެޔޮ ރަނގަޅު ވެރިކަމެއް ރައްޔިތުންނަށް ފެނިގެން ދާނެ." މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން