ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނަތުގެ ފައިސާ ދައުލަތަށް އަނބުރާ ހޯދައި އެކަން ކުރި މީހުންނަށް އަދަބު ދޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު މައްސަލައަކީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ކަމަށެވެ. ރައީސް ވިދާޅުވީ އެ ބޮޑު ވައްކަން ކުރި ފަރާތްތައް ދެނެގަނެ އެއީ ކޮންމެ މީހަކު ނަމަވެސް އެކަން ކުރި މީހުންނަށް ހައްގު އަދަބު މި ސަރުކާރުން ދޭނެ ކަމަށެެވެ. އަދި އެބޮޑު ޚިޔާނާތުން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދަން ކުރަންޖެހުނު ކޮންމެ ކަމެއް މި ސަރުކާރުން ކުރާނެ ކަމަށް ރަައީސް ވިދާޅުވިއެވެ.

"އެކަމުގައި ބައިވެރިވި މީހެއްކަމަށް ސާބިތުކުރެވެންޖެހޭނީ އިންސާފުވެރިކަމާއެކީގައި. އެ ވައްކަމުގައި ބައިވެރިވި ކޮންމެ މީހެއް ކަމުގައިވިޔަސް އިންސާފުވެރިކަމާއެކު ބަލައި އެކަމުގައި އެނިޔަތުގައި އެކަމުގައި ބައިވެރިވި މީހެއް ކަމަށްވާނަމަ އެމީހަކަށް ފިޔަވަޅު އެޅެންޖެހޭނެ، އެއީ ރައްޔިތުންގެ މުދާ. އެއީ ރައްޔިތުންގެ ފައިސާ." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން