ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިހާރު މިދާ ގޮތަށް ދާނަމަ މަޖިލިސް މެމްބަރުންގެ އަދަދު 100 އަށް ވެސް އަރައިގެން ދާނެ ކަމަށާއި އެއީ މާނައެއް ހުރި ކަމެއް ނޫން ކަމަށެވެ.

މަޖިލިސް މެމްބަރުންގެ އަދަދު މާ ކުޑަ ކުރުމަކީ ވެސް ރަނގަޅު ކަމަކަށް ނުވާނެ ކަމަށާއި އެންމެ ރަނގަޅު ގޮތަކަށް ވާނީ 17 ވަނަ މަޖިލީހުގައި އޮތް އަދަދު ކަމަށްވާ 77 އަށް މެމްބަރުންގެ އަދަދު ލިމިޓްކޮށް ހަމަޖެއްސުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި މަޖިލިސް މެމްބަރުންގެ އަދަދު 77 ނުވަތަ އެއަށް ވުރެ މަތި ނުވާނެ ގޮތަށް ގާނޫނުތަކަށް އިސްލާހު ގެންނަން ހުށަހަޅުއްވާނެ ކަމަށެެވެ.

"ކުރިއަށް އޮތްތަނުގައި ހޮވާ ރައްޔިތުންގެ މަޖިލީހަކީ 93 ނޫން އެއަށް ވުރެ ބޮޑުވެގެންދާނެ އަދަދަށްވުމުގެ ބަދަލުގައި 77 ކަށް ނޫނިއްޔާ އެހާ ހިސާބަށް ގާތްގަނޑަކަށް އެވަރަށް ހަމަޖެހޭ ވަރުގެ އަދަދަކަށް ކުޑަކޮށް އެއަށްވުރެ ބޮޑުނުވާގޮތަށް ޤާނޫނު ތަކަށް އިސްލާހުގެންނަން ސަރުކާރުން އިރާދަކުރެއްވިއްޔާ ހުށައަޅާނަން." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން