ކޮރަޕްޝަނާއި ޚިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެސެޓް ރިކަވަރީ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވައްކަމާއި ޚިޔާނާތުން ދައުލަތަށް ގެއްލިފައިވާ ރައްޔިތުން ފައިސާ ހޯދަންޖެހޭ ކަމަށެވެ. އެގޮތުން ކޮރަޕްޝަންގެ އަމަލުތައް ހިންގައިގެން ރައްޔިތުންގެ ފައިސާއިން ކޮށްފައިވާ ވައްކަން ބަލައި އިހުލާސްތެރިކަމާއެކު އެ ވައްކަން ކުރި މީހުންނަށް ދޭންޖެހޭ އަދަބުދީ އެ އެސެޓްތައް ރިކަވަރ ކުރަންޖެހޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރަައީސް ވިދާޅުވީ ރައްޔިތުންނަށް ދަޅަދެއްކުމަށްޓަކާ ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމުގެ ނަމުގައި ކުރީގެ ސަރުކާރުން ރިޔާސީ ކޮމިޝަންތަކެއް ހަދައި ބަޔަކަށް މުސާރަދީ އެތަނަށް ކުލި ދައްކައި އެތައް ސަތޭކަ މިލިއަން ރުފިޔާ ޚަރަދުކުރި ނަމަވެސް އެއްވެސް އެއްޗެއް ދައުލަތަށް ރިކަވަރ ނުކުރެވޭ ކަމަށާއި ޚަޒާނާ އިން ގެއްލުނު ފައިސާ ވެސް ހޯދިފައިނުވާ ކަމަށެވެ. ރައީސް ވިދާޅުވީ ކޮރަޕްޝަނާއި ޚިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެސެޓް ރިކަވަރީ ގާނޫނެއް ހަދައި އެކަން ނިމުކަށް ގެނެސްދޭނެ ކަމަށެވެ.

"އެސެޓް ރިކަވަރީ ޤާނޫނެއް އިރާދަކުރެއްވިއްޔާ ފާސްކުރަން މަޖިލީހަށް ހުށައަޅާނަން، މިހާރު ހުރި ޤާނޫނުތަކުން އެކަން ނުކުރެވޭ، ބޭނުންވާ ގޮތަކަށް އެފިޝިއަންޓް ކޮށެެއް. އެހެންވީމާ ދައުލަތުގެ މުދާ ނަހަމަގޮތުގައި ކުޑަ އަގުގައި ވިއްކައިގެން ފައިދާ އެއް ހޯދައިގެން، މިފަދަ ކަންތައްތައް ކޮށްފައި ތިބި ފަރާތްތަކުގެ ކިބައިން އެމުދާތައް ރިކަވަރކޮށް އެފައިސާ ރިކަވަރކޮށް ރައްޔިތުންނަށް އެފައިސާއިން ފައިދާވާގޮތަށް އެފައިސާ ހޯދާނަން، އަދި ރާއްޖެއިން ބޭރުގައި ރައްކާކޮށްފައި ހުރި ރައްޔިތުންގެ ފައިސާވެސް ހޯދުމުގައި މިހާރަށް ވުރެ ކާމިޔާބު ހޯދޭނެ ފަދަ ގޮތަކަށް އިންޓަނޭޝަނަލް މިންގަނޑުތަކަށް ފެތޭ، އެހެން ގައުމުތަކުގައި މިކަން ކުރާ އިންޓަނޭޝަނަލް ބޮޑީތަކުގެ ރިކޮމެންޑޭޝަންތައް ބަލައި، އެއާއި އެއްގޮތަށް މިބިލް ތައްޔާރުކުރެވޭނީ." ރައީސް މުޢިއްޒު ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން