ލާމަރުކަޒީގެ ނިޒާމުގެ ފޮނިމީރުކަން ރައްޔިތުންނަށް ހޯދަައިދޭނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަމަށް މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދު ﷲ ވިދާޅުވެއްޖެއެވެ.

އަބުދުއްރަޙީމް މިހެން ވިދާޅުވީ ދައުލަތުގެ ކަންކަން ހިންގަން ނޭނގިގެން ގައުމު ބަނގުރޫޓުގެ މަގަށް ފުރޮޅެން ފެށީމާ، ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ. ޝާހިދު އެހެން ވިދާޅުވީ ކައުންސިލަރުންގެ އަދަދު ވެސް މަދުކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ހާމަކުރެއްވުމާއި ގުޅިގެންނެެވެ.

ޝާހިދުގެ ވާހަކަތަކާއި ގުޅިގެން މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ވިދާޅުވީ، ރައްޔިތުން ނިކުމެ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ވެރިކަން ބަދަލުކުރީ ގައުމު ހިންގަން ނޭނގި ފިނިކޮޓަރީގައި ތިބެ ގައުމު ބަނގުރޫޓްކޮށްލީ ކޮންބަޔެއްކަން ރައްޔިތުންނަށް އެނގޭތީ ކަމަށެވެ.



"ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ އިހުސާސްތައް ދަނެގެން ހިންގާ ރައްޔިތުންގެ ސަރުކާރެެއް، ލާމަރުކަޒީ ނިޒާމްގެ ފޮނިމީރުކަން ރައްޔިތުންނަށް ހޯދައިދޭނީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން،" ޝާހިދަށް ރައްދު ދެއްވައި "އެކްސް"ގައި ކުރެއްވި ޕޯސްޓްގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލަރުން އަދަދު މަދުކުރުމާއި ގުޅޭގޮތުން ރައީސް ދެއްކެވި ވާހަކަފުޅާއި ގުޅިގެން އެމްޑީޕީގެ ރައީސް ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި ރައްޔިތުންގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރާކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ރަށްރަށުގެ އާންމު ހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނި ކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންކަން ހިންގުމުގެ ބާރު އެ ފިނި ކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން