މީހާ މާ ބޮޑަށް ފަލަވެ ބަރުދަން އިތުރުވުމަކީ ސިއްހަތަށް އޭގެ ސަބަބުން ގެއްލުންވާ ކަމެކެވެ. މާ ބޮޑަށް ބަރުވެ، ބޮޑު ބަނޑެއް ލުމަކީ މީހާއަށް ހެލިފެލިވެ އުޅޭއިރު އޭގެ ސަބަބުން އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. ގިނަ މީހުންނަށް ބަރުދަން ލުއި ކުރުމަށް ވުރެ ވެސް އުނދަގޫ ކަމަކަށް ވެފައި އޮންނަނީ ބަނޑު ހިންދުމެވެ.
ތިމާގެ ގައިގައި ރަނގަޅު އާދަތަކެއް އަށަގަންނެވިއްޖެނަމަ ބަނޑު ހިންދައިލުމަކީ އެހާ އުނދަގޫ ކަމަކަށް ނުވާނެއެވެ. ކަސްރަތު ކުރަން މާ އުނދަގޫވާނަމަ ކަސްރަތު ނުކޮށް ވެސް ބަނޑު ހިންދައިލެވިދާނެއެެވެ.
ބަނޑު ހިންދަން ބޭނުންނަމަ އެންމެ ފުރަތަމަ ވެސް ކުރަންވީ ކަމަކީ މީހާގެ ހަށިގަނޑު ސީދަލަށް ބެހެއްޓުމެވެ. ހިނގާއިރު ވިޔަސް އަދި އިށީނދެ އިންނައިރު ވެސް މީހާގެ ހަށިގަނޑު ސީދާކޮށް ބަހައްޓާނަމަ އޭގެ ސަބަބުން ބަނޑު ހިންދުމަށް ފަސޭހަވެގެން ދެއެވެ. ސަބަބަކީ އަބަދުވެސް ހަށިގަނޑު ސީދަލަށް ބެހެއްޓުމަށް މަސަތްކަތް ކުރާ މީހުންގެ ގައިގައި ހުންނަ ސަރުބީތައް އޮޓޮމެޓިކުން ވިރޭނެތީއެވެ.
މީގެ އިތުރުން ކެއުމުގައި ގިނައިން މޭވާއާއި ތަރުކާރީގެ ބާވަތްތައް ބޭނުން ކުރުމަކީވެސް ބަނޑު ހިންދުމަށް އެހީތެރިވެދޭ ކަމެކެވެ. ތިމާގެ ހަށިިގަނޑަށް ފައިދާހުރި މޭވާތައް ކެއުމުން ތިމާގެ ހަށިގަނޑުގެ ސިސްޓަމްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސަތްކަތް ކުރާނެއެވެ. އަދި އޭގެ ސަބަބުން ބަނޑު ހިންދުމަށްވެސް ފަސޭހަވެއެވެ.
ގިނަގިނައިން ދިޔާ އެއްޗެހި ބުއިމަކީވެސް ބަނޑު ހިންދުމަށް އެހީތެރިވެދޭ ކަމެކެވެ. ސިއްހީ މާހިރުން ބުނާގޮތުގައި ގިނައިން ފެނާއި ދިޔާ އެއްޗެހި ބުއިމަކީ ހަށިގަނޑަށް ހުރިހާ ގޮތަކުން ވެސް ރަނގަޅު ކަމެކެވެ. އަދި ވަކިން ޚާއްޞަކޮށް ހިކެން ބޭނުންވާ މީހުންނާއި، ބަނޑު ހިންދަން ބޭނުންވާ މީހުންނަށް ފެނަކީ މުހިއްމު އެއްޗެއްކަމަށް ސިއްހީ މާހިރުން ބުނެއެވެ.
އަޅުގަނޑުމެން އެންމެންނަކީ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ކަސްރަތު ކުރުމަށް ވަގުތު ހުސް ކުރެވޭނެ ބައެއް ނޫނެވެ. އެހެން ކަމަށް ވާނަމަ މިދެންނެވި ކަންކަން ކޮށްލުމުންވެސް ކަސްރަތު ނުކޮށް ބަނޑު ހިންދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު