ރައީސް ޑރ. މުހައްމަދު މުއިއްޒު ހަފްތާއަކު އެއް ދުވަހު މާލޭގެ ގޭގެއަށް ޒިޔާރަތް ކުރަައްވަން ފައްޓަވަން ނިންމަވައިފި އެވެ.

ޕީޢެންސީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރަސްމީ މަސައްކަތުގެ ތެރެއިން ވަރަށް އަވަހަަށް ހަފްތާގައި ކަނޑައެޅޭ ކޮންމެވެސް އެއް ދުވަހެއްގެ ހަވީރު ގޭގެއަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ގާތުން ހާލުއަހުވާލު ފިލުއްވައި ރައްޔިތުންގެ އަޑުއައްސަވަން މަސައްކަތް ފައްޓަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ބޭނުންވަނީ ރައްޔިތުންގެ ގާތުގައި ހުންނަވައިގެން ރައްޔިތުން ބޭނުންވާ ކަންކަން އަޑު އައްސަވައި އެ ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރެއްވުން ކަމަށެވެ.

"އެހެންވީމާ މާ ލަސްތަކެއް ނުވެ ވަރަށް އަވަހަށް ތާވަލެއްގެ ތެރެއިން ހަމަ މާލޭގެ ހުރިހާ ދާއިރާތަަކަށް ހަފްތާއަކު އެއް ދާއިރާއަށް ގެތަކަށް އަޅުގަނޑު ދާން ފަށާނަން. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ފެށޭނެ." ރައީސް ވިދާޅުވި އެވެ.

ރައީސުުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތުމުގެ ކުރިން މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވި އިރު ވެސް މާލޭގެ ރައްޔިތުންނާއި އެމަނިކުފާނު ވަރަށް ގިނައިން ބައްދަލު ކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން