އަހުޒަމް އަޙްމަދު   8 ޖުލައި 2024 - 13:0
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގުގެ ހަޔާތުގެ މައްޗަށް ބިނާކޮށްފައިވާ ފުވާދުގެ ބަޔޮގްރަފީ ނެރެން ތައްޔާރުވެއްޖެ އެވެ.

އެ ބަޔޮގްރަފީ ނެރެން އުޅޭކަން ފުވާދު ވަނީ "ރަސް"އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ ބަޔޮގްރަފީ ލިޔަނީ ރާއްޖޭގެ ނޫސްވެރިޔާ ސާއިލް އަލީ ކަމަށެވެ.

އެގޮތުން މިދިޔަ ނޮވެމްބަރުން ފެށިގެން އެ ބަޔޮގްރަފީގެ މަސައްކަތް ފަށާފައިވާ ކަމަށާއި އަދި މިހާރު އެ ފޮތް ލިޔެ ނިމިފައިވާ ކަމަށް ފުވާދު ވިދާޅުވިއެވެ. އަދި މިއަދު ނޫނީ މާދަމާ ޗާޕުކުރަން ދެވޭ ވަރުވާނެ ކަމަށް ވެސް ފުވާދު ވިދާޅުވި އެވެ.

ފުވާދު ވިދާޅުވީ އެ ފޮތުގައި އޭނާގެ ހަޔާތުގެ އެކި ކަންކަމަށް އަލިއަޅުވާލައިފައިވާނެ ކަމަށެވެ. އަދި ކުރިން ހާމަ ނުކުރާ ބައެއް ކަންކަންވެސް އޭގައި ހާމަކޮށްފައި ވާނެ ކަމަށް ފުވާދު ވިދާޅުވިއެވެ.

ކަސްޓަމްސް އޮފިސަރެއްގެ ގޮތުގައި 1973 ވަނަ އަހަރު ސަރުކާރުގެ ހިދުމަތާ ގުޅުނު ފުވާދަކީ މިހާރު ގިނަ ބައެއްގެ އިތުބާރު ހޯއްދަވާފައިވާ ބޭފުޅެކެވެ. ހާއްސަކޮށް ނިމިގެން ދިޔަ ރިޔާސީ އިންތިޙާބާއި މަޖިލިސް އިންތިހާބު ވެސް ފުވާދުގެ ރައީސް ކަމުގައި ދިޔައީ ވަރަށް އޮމާންކޮށް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފުވާދަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން