ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދަށް ސްޓޭޓް މިނިސްޓަރުކަން ދެއްވައިފި އެވެ.

"ރަސް"އަށް އެނގިފައިވާ ގޮތުގައި ނިހާދު އައްޔަނުކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.

ނިހާދު ނިމިގެން ދިޔަ 19 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓްގަ އެވެ.

ނަމަވެސް އެމްޑީޕީގެ ވެރިކަން ނިމުނު ފަހުން މިދިޔަ ޑިސެމްބަރު މަހު ނިހާދު ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެެ.

ނިމިގެން ދިޔަ ސަރުކާރުގައި ޕީއެންސީއަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި ބޭފުޅުންގެ ތެރޭގައި ނިހާދު ހިމެނިވަޑައިގަންނެވި ނަމަވެސް ޕީއެންސީއާ ގުޅިވަޑައިގެންނެވީ ރައްޔިތުން އެދޭތީ ކަމަށް ނިހާދު ވިދާޅުވި އެވެ.

ނިހާދަށް ސްޓޭޓް މިނިސްޓަރުކަން ދިން އިރު މި ސަރުކާރުގެ ސިޔާސީ މަގާމުތައް މާގިނަކަމަށް ބުނެ އިދިކޮޅުން ދަނީ ފާޑު ކިޔަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން