ލިތުއޭނިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރ ޑަޔަނާ މިކެވިޗިއެނޭ, ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް އަރުވަނީ.
ލިތުއޭނިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރ ޑަޔަނާ މިކެވިޗިއެނޭ, ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް އަރުވަނީ.
ހަތް ގައުމެއްގެ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް އަރުވައިފިއެވެ.

މިއަދު ސަފީރުކަމުގެ ފަތްކޮޅު އެރުވީ ތުރުކީ، ލިތުއޭނިޔާ، ތައިލެންޑް، ދެކުނު ކޮރެއާ، ޒަމްބިއާ، ރޮމޭނިއާ އަދި އުރުދުންގެ ސަފީރުންނެވެ.

އެގޮތުން މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ހާއްސަ ވަކި ވަކި ރަސްމިއްޔާތުތަކެއްގައި، ތުރުކީއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރ ސެމިހް ލުތްފޫ، ލިތުއޭނިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރ ޑަޔަނާ މިކެވިޗިއެނޭ، އުރުދުންއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރ ޑޮކްޓަރ މައެން ޚުރައިސަތު އަދި ޒަމްބިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ހައިކޮމިޝަނަރ ޕަރސީ ޗަންދާ ވަނީ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް އަރުވައިފައެވެ.



(ތުރުކީއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރ ސެމިހް ލުތްފޫ، އުރުދުންއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރ ޑޮކްޓަރ މައެން ޚުރައިސަތު އަދި ޒަމްބިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ހައިކޮމިޝަނަރ ޕަރސީ ޗަންދާ)

މީގެއިތުރުން، ރޮމޭނިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރ ސްޓެލޫޓާ އަރހިޔޭ، ތައިލެންޑުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރ ޕައިޓޫން މަހަޕަންނަޕޯން އަދި ދެކުނު ކޮރެއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރ މިޔޯން ލީ ވެސް ވަނީ މިއަދު ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް އަރުވައިފައެވެ.



(ރޮމޭނިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރ ސްޓެލޫޓާ އަރހިޔޭ، ތައިލެންޑުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރ ޕައިޓޫން މަހަޕަންނަޕޯން އަދި ދެކުނު ކޮރެއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރ މިޔޯން ލީ)

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތައްފަހު، ކޮންމެ ސަފީރަކުވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާމެދު މަޝްވަރާ ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން