ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަތުމަށާއި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ރޭ 6 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ މާލެ ސަރަހައްދުގައި ހިންގަމުންދާ ދެ މާރުކޭޓެއް ރޭގައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި 04 ބިދޭސީ ފިރިހެނަކާއި 02 ބިދޭސީ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމުގެ ހާއްސަ ބޮޑު އޮޕަރޭޝަނެއް ހިންގަމުންދާއިރު މި އޮޕަރޭޝަންތައް ކުރިއަށް އޮތްތަނުގައި ވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ފެށި އޮޕަރޭޝަނާ އެކު، ރާއްޖޭގެ ގާނޫނުތައް ނެގެހެއްޓުމަކީ ޗޮއިސްއެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

އަބްދުﷲ ނަޞީރު.

10-Jul-2024

މަރުހަބާ މިނިސްޓަރ. ނާސިރުގެ ވެރިކަމަށްފަހު މިގައުމުގެ ގާނޫނު ނެގެހެއްޓުމަކީ މަތިކުރެވިފައިވާ ޒިންމާއެއް ކަމުގައި ދެކިގެން މަސައްކަތްކުރާ ހަމަ އެކަނި ދިވެއްސަކީ އަލީ އިހްސާން , އަލީ އިހުސާނަށ ހިއްވަރާއި ސާބިތުކަން ދެއްވާށި ތަކުރުފާނު ވެސް ދިވެހި ގައުމު ގައުމު ސަލާމަތް ކޮށްދެއްވެވީ ރާއްޖެ ހިސޯރު ކޮށްގެން އޭރުތިބި ބިދޭސީންގެ ކިބައިން މަނިކުފާނު ތިކުރައްވަވަނީ އަދި އޭރު ތަކުރުފާނުމެން ކުރެއްވެވި މަސައްކަތައް ވުރެން މާ ބުރަބޮޑު ނުރައްކާތެރިކަމާ ބޭރުގެ ފިއްތުން މާ ބޮޑު މަސައްކަތެއް ޝުކުރިއްޔާ އިއްޒަތްތެރި މިނިސްޓަރ ގައުމު ފަޚުރުވެރިވާނެ ފިސާރި ދަރިއެއް .......



ޓްރެންޑިން