މިނިސްޓަރ އޮފް އިކޮނޮމިކްސް، މުހައްމަދު ސައީދު މިއަދު އެމެރިކާއަށް ފުރާވަޑައިގެންފިއެވެ.

މިނިސްޓަރ ގެ މިދަތުރުފުޅަކީ އެމެރިކާ އަދި ދިވެހިރާއްޖެއާއި ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް ގުޅުންތަކާ ބެހޭގޮތުން މަޝްވަރާކޮށް، ދެގައުމުގެ ދެމެދު އޮތް ވިޔަފާރިއާއި އިންވެސްޓްމަންޓް ގުޅުންތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުންކަމުގައި، އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

އެ ވުޒާރާއިން މަޢުލޫމާތު ދޭގޮތުގައި، މިނިސްޓަރ ސައީދު އެމެރިކާއަށް ކުރައްވާ މިދަތުރުފުޅުގައި، އެމެރިކާގެ ޗެމްބަރ އޮފް ކޮމަރސްގެ މެމްބަރުންގެ އިތުރުން، އެމެރިކާ ސަރުކާރުގެ އެހެން ވުޒާރާތަކުގެ ބޭފުޅުންނާވެސް ބައްދަލުކުރައްވާ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން