ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން.
ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން.
މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ ޤާނޫނީ ގޮތުން ކުށެށް ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ޝަމްޢާން ވިދާޅުވީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު (ޤާނޫނު ނަންބަރު: 2007/1) ގެ 30 ވަނަ މާއްދާގެ ދަށުށް ރާއްޖޭގައި ބިދޭސީންނާއެކު މުއާމަލާތްތައް ހިންގާ ދިވެހިން, މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ ކުށެއްކަމަށެވެ.

އަދި އިމިގްރޭޝަން ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގެ ދަށުން، މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި މަސައްކަތް ކުރުވާ ފަރާތްތައް އެ ޤާނޫނުގެ ދަށުން 50،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކޮށް އެމީހެއްގެ ޕާސްޕޯޓު ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ލިބިގެންވާކަމަށް ޝަމްޢާން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު އިލްތިމާސްކުރަނީ އެންމެހާ ފަރާތްތަކުންވެސް އިމިގްރޭޝަންގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް."



ޝަމްޢާން މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނުގެ ދަށުން އެތަކެއް ބިދޭސީންނެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް މިހާރުވެސް ވަނީ ގެނެސްފައެވެ. މި އޮޕަރޭޝަނުގެ ދަށުން، މިރެއާއެކު ޖެހި ޖެހިގެން މިދިޔަ ތިން ރޭ ވަނީ ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ އެތަކެއް ބިދޭސީން އަތުލައިގަނެ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މިހާއްސަ އޮޕަރޭޝަނުގެ ދަށުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންނަ ބިދޭސީން ޑީޕޯޓުކޮށްލުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް މީގެ ކުރިން އިމިގްރޭޝަނުން ހާމަކޮށްފައިވެެއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

އިބުު

10-Jul-2024

ޤަވައިދާ ހިލާފަށްރާއްޖޭގައި އުޅޭ ބިދޭސީންތޯއޮބަންވީ? ބިދޭސީން ރާއްޖެގެނެސްެ އެބިދޭސީން ހާލުގަޖައްސާ ބިކަކޮށް މުސާރަނުދީ އެބިދޭސީން ޤަވާއިދާ ހިލާފުވުމަށް މަޖުބޫރުކުރުވާ ދިވެހިންތޯ އޮބަންވީ???


-3

ޑެވިލް

10-Jul-2024

މަޖްލިސް މެމްބަރުންނާ ސިޔާސީ މީހުން އިސްތިސްނާ ވާގޮތަށް



ޓްރެންޑިން