ރ. އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.

އެމްއާރުއައި މެޝިން ބެހެއްޓުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެސްޓީއޯގެ މެޑިކަލް ސާވިސާސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެމްއާރުއައި މެޝިން ބެހެއްޓުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

އަދި ވަރަށް އަވަހަށް އެމްއާރުއައިގެ ހިދުމަތް ދޭން ފަށާނެ ކަމަށް ވެސް އެސްޓީއޯ މެޑިކަލް ސާވިސްއިން ބުނެއެވެ.

އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތް ފަށަން ކުރިން ޕްލޭންކޮށްފައި އޮތީ މިދިޔަ ރޯދަ މަހަށް ފަހު އެވެ. ނަމަވެސް ޝެެޑިއުލާ އެއްގޮތަށް މަސައްކަތް ނުގޮސް އެ ހިދުމަތް ފެށުން އޮތީ ލަސްވެފަ އެވެ.

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަކީ އުނގޫފާރު ހޮސްޕިޓަލަކީ ޓާޝިއަރީ ފެންވަރުގެ ހިދުމަތް ލިބޭ ހޮސްޕިޓަލްއަކަށް ހެދުން ކަމަށެވެ.

އުނގޫފާރު ހޮސްޕިޓަލަކީ މިހާރުވެސް ރ. އަތޮޅުންނާއި ބ. އަތޮޅުން ގިނަ ބަޔަކު ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން