ޖިނާއީ މައްސަލަތަކުގައި ރާއްޖެއިން ލަންކާއާއެކު ގުޅިގެން މަސައްކަތް ކުރަން މުއާހަދާއެއްގައި ބައިވެރިވުމަށް ނިންމައި އެ މުއާދާގައި ބައިވެރިވުމަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

އެ މުއާދާގައި ބައިވެރިވުމަށް ނިންމައި ރުހުން ހޯދުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވި ސިޓީ މަޖިލީހުގެ އަމީން އާންމު ވަނީ އިއްވަވައިފަ އެވެ.

އެ ސިޓީގައި ވާ ގޮތުގައި މިއީ ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއް ގައުމުން އަނެއް ގައުމަށް ދިނުމުގެ ބޭނުމަށާއި އެ ގައުމެއްގެ ގާނޫނުތަކާއި ގަވައިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ޖިނާއީ މައްސަލަަތައް ތަހުގީގުކުރުމާއި ޝަރީއަތް ހިންގުމުގައި ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދިނުމަށް އެކުލަވާލައިފައިވާ މުއާހަދާއެކެވެ.

އެހެންކަމުން އެ މައްސަލައާމެދު މަޖިލީހުން ގޮތެއް ނިންމަވައި ދެއްވުމަށް ރައީސް އެދިވަޑައިގެންފައި ވެއެވެ.

އެ މައްސަަލަ އިތުރަށް ދިރާސާ ކުރުމަށް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން