ޔޫރަޕުގެ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ހާމަވެފައިވާ ގޮތުގައި މި އަހަރުގެ މޭ މަހުގެ ނިޔަލަށް ޔޫރަޕުން ދިވެހިރާއްޖެއަށް ބައި މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.

ކޮންމެ މަހަކު އެއްފަހަރު އެމްއެމްއޭއިން އާންމުކުރާ މި ތަފާސްހިސާބުތަކަށް ބަލާއިރު މޭ މަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 892،245 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންނަށްވުރެ 83،001 އިތުރު އަދަދެކެވެ. 

ރާއްޖެއަށް މި އަހަރު އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ޔޫރަޕާއި އޭޝިޔާގެ ގައުމުތަކުންނެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑަށް އިތުރުވީ ޔޫރަޕުން އައި ފަތުރުވެރިންގެ އަދަދެވެ. އެގޮތުން ނިމުނު އަހަރުގެ މި މުއްދަތުގައި ޔޫރަޕުން ރާއްޖެއަށް ޒިޔާރަތްކުރީ 494،478 ފަތުރުވެރިންނެވެ. އަދި މި އަހަރުގެ މި މުއްދަތުގައި 559،777 ފަތުރުވެރިން ވަނީ ޒިޔާރަށް ކޮށްފައެވެ. މިއާއި އެކު ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރު ޔޫރަޕުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ 13.20 އިންސައްތަ އިތުރުވެފަ އެވެ.  

ދެވަނައަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރީ އޭޝިޔާއިންނެވެ. އެގޮތުން އޭޝިޔާއިން މި އަހަރު 231،438 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ނިމުނު އަހަރު އޭޝިޔާއިން އައީ 208،578 ފަތުރުވެރިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން