ދަރިފުޅަށާއި އަދި އެއްބަނޑު މީހާއަށް ހިދުމަތް ކުރަން މަގާމެއް ލިބުނީ ނާޖާއިޒް ގޮތުގައި ހޯދައިދިން ފުރުސަތަކުން ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެފަދައިން ވިދާޅުވި އިރު މިނިސްޓަރު ޝަހީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަލީ ޝިފާޒް އަލީ ސައީދަށް ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމު އަދި ދަރިފުޅު އަބްދުﷲ މާހިލް ޝަހީމް، މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ އިސް މަގާމެއް ވަނީ ދީފައެވެ.
އެހެންވެ އެކަމަށް ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެެ.
އެކަމާ ގުޅިގެން މިނިސްޓަރު ފޭސްބުކްގައި ވިދާޅުވީ މިނިސްޓަރުގެ ދަރިޔަކު، ނުވަތަ ޢާއިލާގެ މެންބަރަކު ކިޔަވައިގެން ހުރި ދާއިރާއަކުން ހިދުމަތްކުރަން އެމީހަކަށް ލިބޭ ފުރުސަތަކީ އޭނާ ނާޖާއިޒްގޮތުގައި ހޯދައިދޭނެ ފުރުސަތެއްނޫން ކަމަށެވެ.
"ދައުލަތުގެ މުދަލާއި މަގާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން." މިނިސްޓަރު ވިދާޅުވި އެވެ.
މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް ސިޔާސީ މަގާމުތައް މާގިނަކަމަށް ބުނެ އިދިކޮޅުން ދަނީ ފާޑު ކިޔަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު