ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކ. ހިންމަފުށީގެ މަގުތަކުގައި 167 މަގު ބައްތި ޖަހައިފި އެވެ.

ހިންމަފުށީ ކައުންސިލުން ބުނީ ޗައިނާއިން ހަދިޔާ ކުރީ ސޯލާ ލައިޓްތަކެއް ކަމަށެވެ.

މި އަހަރު ކުރީކޮޅު ހަދިޔާ ކުރި އެ މަގު ބައްތިތައް ހަރުކޮށް ނިންމާފައިވަނީ ރޯދައިގެ ކުރީކޮޅު އެވެ.

އަދި އެ މަޝްރޫއުގެ ނިމުން ވަނީ ފާހަގަކޮށްފަ އެވެ. އެކަން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާގެ ސަފީރު ވާންގް ލިޒިންއާއި އާއި ސިޓީތަކާއި ލޯކަލް ގަވާމަންޓްއާ ބެހޭ ވަޒީރު އާދަމް ޝަރީފް ބައިވެރިވެލެއްވި އެވެ.

އެ ރަސްމިއްޔާތަށް ފަހު އާދަމް ޝަރީފް އެކްސްގައި ވަނީ ޗައިނާގެ އެހީއަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އަދި ޗައިނާގެ އެހީއަކީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވަމުންދާ ކަމުގެ ހެއްކެއް ކަމަށާއި އަދި އެ ސޯލާ ލައިޓުތަކުގެ ސަބަބުން ދެމެހެއްޓެނެވި ވެއްޓެއް ގާއިމުކުރުމަށް ލިބޭ ބާރަކަށް ވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން