ސަސްޕެންޑްކޮށްފައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކޮއްކޮ، އާމިނަތު ޝީޒާ އަހުމަދު، ފަންޑު މެނޭޖުމެންޓު ކޯޕަރޭޝަން ބޯޑު މެމްބަރުކަމުން ވަކިކޮށްފި އެވެ.

ރަމީޒު ސަސްޕެންޑްކުރީ އޭނާގެ ކުރީގެ އަނބިކަނބަލުން ފާތިމަތު ޝަމްނާޒް ސަލީމް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފަހުން ނެވެ.

ސިހުރުގެ ތުހުމަތުގައި ޝަމްނާޒްއާއެކު އިތުރު ދެ މީހަކު ހައްޔަރުކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

ކުރިން ރައީސް މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރު ރަމީޒް ހުންނެވީ މެދު ހެންވޭރު ދާއިރާގެ މާލެ ސިޓީ ކައުންސިލް މެމްބަރުގެ މަގާމުގަ އެވެ. އޭރު ރަމީޒަކީ ރައީސް މުއިއްޒުގެ ވަރަށް އަރިސް ބޭފުޅެކެވެ.

ނަމަވެސް ޝަމްނާޒް ހައްޔަރުކުރި ފަހުން ރަމީޒް ރައީސް އޮފީހުގެ މިނިސްޓަރުކަމުން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

ރަމީޒްގެ ކުރީގެ އަނބިކަނބަލުން ޝަމްނާޒް ހައްޔަރުކުރިއިރު އޭނާ ހުންނެވީ އެންވަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ. އޭނާ މިހާރު ވަނީ އެ މަގާމުން ވަކިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން