ދާއިމީ ގޮތެއްގައި އިންޑިޔާގެ ކާގޯ އުފުލާ ބޯޓުފަހަރު އައްޑޫއަށް ދަތުރުކުރެވޭނީ ވިޔަފާރިވެރިންގެ އެއްބާރުލުން ލިބިގެން ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.

ވަޖީހު މިހެން ވިދާޅުވެފައި ވަނީ އައްޑޫ ސިޓީއަށް ދާއިމީ ގޮތެއްގައި އިންޑިޔާގެ ބޯޓު ފަހަރު މެދުވެރިކޮށް ޕެރިޝަބަލް ކާގޯ ގެނައުމާއި، ހިތަދޫ ޕޯޓުގެ ހިދުމަތްތަކާއި ގުޅޭގޮތުން އައްޑޫސިޓީގެ ބައެއް ވިޔަފާރިވެރިންނާއި ވިޔަފާރި ކުންފުނިތަކާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެމްޕީއެލްގެ އިސް ބޭފުޅުނުންވެސް ބައިވެރިވި މި ބައްދަލުވުމުގައި ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ އިންޑިޔާގެ ޓުޓިކޮރިން އިން ދާއިމީ ގޮތެއްގައި އައްޑޫއަށް ދަތުރުތައް ކުރިއަށް ގެންދިއުމަށް، ވިޔަފާރިވެރިންގެ އެއްބާރުލުން ބޭނުން ވާނެ ކަމަށާއި އަދި އެ އެއްބާރުލުން ލިބޭނަމަ ދާއިމީ ގޮތެއްގައި ކާގޯގެ ހިދުމަށް ކުރިޔަށް ގެންދެވޭނެ ކަމަށެވެ. މި ބައްދަލަވުމުގައި ސީއީއޯ ވަނީ މިކަމުގައި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައްވެސް ސާފުކުރައްވާފައެވެ.

"އަޅުގަނޑުމެންނަކީ މެދުވެރިން، އަޅުގަނޑުމެން ބޭނުންވަނީ ހިތަދޫ ޕޯޓަށް އަންނަ ބޯޓުފަހަރު އިތުރުކުރަން. އޭރުން ހިތަދޫ ޕޯޓުގެ އާމްދަނީވެސް އިތުރުވެ، ކުރިއެރުން ލިބޭނީ. މިއީ އައްޑޫގެ ވިޔަފާރިވެރިންވެސް ބޭނުންވާ ކަމެއްކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ.“ ވަޖީހު ވިދާޅުވިއެވެ.

އައްޑޫސިޓީ އަށް މިމަހުން ފެށިގެން އިންޑިއާއިން ޕެރިޝަބަލް ކާގޯ ގެނެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން