ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވީ ސިޔާސީ ގޮތުން އެމަނިކުފާނު މޮޅުވީމަކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އިން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޢިއްޒަށް ލިބިވަޑައިގެންނެވީ އެމަނިކުފާނު ސިޔާސީ ގޮތުން މޮޅުވީމަ ކަމަށާއި އަދި ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ހުސްގޮނޑި ދެއްކީ ޕީއެންސީން ނޫންކަމަށާއި ހުސްގޮނޑި ދެއްކީ ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ވެރިކަމަށް ވަޑައިގެންނެވުމަށް ކަމަށެވެ.
އަދި އޭރު ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް އެންމެ ފުރަތަމަ އުފެދުނު ޕާޓީއަކީ ޕީޕަލްސް އެލަޔަންސް ކަމަށާއި އެ ޕާޓީއަށް މެންބަރުން ހޯދުމަށް މަސައްކަތް ކުރީވެސް ފައިސަލްމެންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އޭރު މައުމޫނުގެ ސަރުކާރާމެދު ހިތްހަމަނުޖެހިފައިތިބި ކަތީބުންނާއި މުދިމުން ކައިރިއަށްގޮސް ޕީއޭއަށް މީހުން ހަމަކުރުމަށް މީހުން ވެއްދުމުގެ މަސައްކަތް ކުރީ ފައިސަލްކަމަށެވެ.
ދެން މިއަދު އެބޭފުޅުން ނުކުމެ އެ މަސައްކަތުގައި އުޅުނު މީހުންނަށް އެއްޗެހި ބުނަން ފެށީމާ، އެކަމަށް ރައްދުދީ ވާހަކަ ދައްކަވާނެކަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.
މިރޭގެ ބައްދަލުވުމުގައި ފައިސަލްވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ސިހުރާއި ގުޅުންހުރި ކަމެއްގައި އެމަނިކުފާނު އާރަށުގައި މޫދަށް އެރިވަޑައިގެން އޮންނެވި ކަމަށްވެސް ފައިޞަލް ވަނީ ތުހުމަތު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު