މާލޭގެ ގެއެއްގެ ދޮރުމަތީގައި، އެ ގެއަށް ވަދެ ނުނިކުމެވޭ ގޮތަށް ރޭނި ފާރެއް ތަޅާލައި އެގޭގައި ތާށިވެފައި ތިބި ދިވެހި އާއިލާއެއް ސަލާމަތް ކޮށްފިއެވެ.

ހ. ހުދުފިނިފެންމާގެއާގެ އިން ނިކުމެ ނޫޅެވޭ ގޮތަށް ގޯޅިއެއްގެ ތެރޭގައި، އެ ގޭގެ ދޮރުމަތީގައި ފާރެއް ރޭނީ އިއްޔެ ރޭގެ ވަގުތެއްގައެެވެ. އެކަންކޮށްފައިވަނީ އެގޭގެ އެންމެން ނިދާފައި ތިބި ވަގުތެއްގައެވެ.

ރޭ އިރާކޮޅުން ފެށިގެން އެސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުގެ އޮފިޝަލުންނާއި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. ފުލުހުން ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ސިޓީ ކައުންސިލްގެ ފަރާތުން ފުލުހުންގެ އެހީތެރިކަމާއިއެކު ގެއަށް ވަދެ ނިކުމެވޭގޮތަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ހުދުފިނިފެންމާގޭ އިމާރާތުގެ ދެކުނަށް ގޯޅިއެއް އޮންނައިރު އެ ގޯޅިއަކީ ސަރުކާރުގެ ތަނެކެެވެ. އެ ގޯޅީގައި ސަރުކާރުގެ ފަރާތުން އޮންނަނީ ގާ ވެސް އަތުރައިދީފައެެވެ.

ހުދުފިނިފެންމާގޭގެ ވެރިފަރާތް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ޑިރެކްޓަރު ޖެނެރަލް ޙަސަން ޝާކިރު ވިދާޅުވީ، ހުދުފިނިފެންމާގެއާގޭގެ މީހުން އެ ގޭގެ ދޮރު ކަނޑަން މަސައްކަތްކުރަނީ ޝާކިރުގެ ގޯތީގެ އިމުގެ ތެރެއިން، ގޭގެ އިންފާރު ތަޅާލައިގެން ކަމަށެވެެ. އެ ގެއަކީ ހުދުފިނިފެންމާގޭގެ އެތެރެއަށްވާ ގޮތަށް ހުންނަ ގެއެކެެވެ.



މީގެ ކުރިން ވެސް މި މައްސަލަ ދިމާވެގެން، މާލޭ މުނިސިޕަލްޓީން ވެސް ދެ ފަހަރެއްގެ މަތިން މައްސަލަ ޖެހިގެން އުޅޭ ދޮރު ވެސް ވަނީ ނަގާފައެެވެ.

ފުލުހުން ބުނީ، ގަލޮޅު ގެއެއްގައި ގޯތިގެދޮރާއި ގުޅުންހުރި މައްސަލައެއް އިއްޔެ ހެނދުނު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފާރު ރޭނުމުގެ ސަބަބުން ތާށިވެފައި ތިބި މީހުންގެ ތެރޭގައި 2 އަހަރު ނުފުރޭ 2 ކުޑަ ކުދިން ހިމެނެއެެވެ. އަދި އިތުރު ކުޑަކުއްޖަކާ އަންހެނުން ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޛަނގަނޑު

29-Jul-2024

އެ ފާރު ރޭނީ ކާކުހޭ،އެމީހާ ގެ ވަނަވަރު ކޮބާ؟އެމީހާ ހައްޔަރު ކުރޭ



ޓްރެންޑިން